English Edition
Dhivehi Edition

އަންނަ 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން އައްޑޫގެ ބޮޑު މެޖޯރިޓީއެއް ހޯދާނެ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޖަގަހަ، “ރުމާލު 2″ގައި ބޭއްވި ޖަލްސާ އެއްގައި ވާހަކަފުޅު ދައްކަވަމުން ޝާޑު ވިދާޅުވީ އައްޑު އަތޮޅުން ބޮޑުތަނުން ގެންދާނެ ކަމަށާއި އެމްޑީޕީ. ބުޑުން ލުހެލާނެ ކަމަށެވެ. އަދި އެމްޑީޕީއަށް ކުރިހޯދަން ލާހިކެއް ނޫންކަމަށް ޝާޑު ވަނީ ވިދާޅުވެފައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝާޑު ވިދާޅުވީ މިހާރުވެސް އިންތިހާބެއް ބާއްވައިފިނަމަ ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށާއި އިދިކޮޅު ކޯލިޝަނުން ނިކުންނަ ބޭފުޅަކަށް ރައްޔިތުން ވޯޓު ނުދޭނެ ކަމަށެވެ.

“2018 “މިހާރު ވެސް ރައީސް ޔާމީން ހުންނެވީ ހޮވިވަޑައިގެންފައި. ވޯޓެއް ބާއްވަންވީ މިހާރު ވެސް. މިއީ 2018 ގައި އެބުނާ ފާޓުފުޅާ ކޯލިޝަނުން އަންނަ މީހަކަށް މިގައުމުގެ ރައްޔިތުން ވޯޓު ދީފާނެ ކަމަށް. ނުވާނެ،” ޝާޑު ވިދާޅުވިއެވެ..

ދައުލަތުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުން ހިތްހަމަޖެހޭ ބަޖެޓެއްކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ ހުރިހާ ރަށެއްގައި ޕްރޮޖެކްޓުތައް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ އަހަރު ފެންނަނީ އުޖާލާކޮށް ކަމަށެވެ.

އިދިކޮޮޅު ފަރާތްތަކުގެ ދާއިރާތަކަށް ބަޖެޓުގައި ފައިސާއެއް ނެތްކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވަމުންދާތީ، އެކަމަށް ރައްދު ދެއްވައި ޝާޑު ވިދާޅުވީ، އެއީ ރައްޔިތުން ގުބޯ ހައްދަން ދައްކާ ވާހަކަ ކަމަށާއި އެކަމަށް ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.