އާއްމުތަނެއްގައި ދެ މީހަކު ބަދުއަޚުލާގީ އަމަލެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ, ބަދުއަޚުލާގީ މައްސަލައެއް ފުލުހުން ބަލަންފެށީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ, އާއްމު އިޖުތިމާއީ މިންގަނޑާ ޚިލާފު ޢަމަލެއް ޢާއްމު ތަނެއްގައި ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައުމާ ގުޅިގެން ކަމަށެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އާންމު މީހަކު ޕޯސްޓްކުރި ވީޑިއޯއަކުން ޢާންމު ތަނެއްގައި 2މީހަކު ބަދުއަޚްލާގީ ޢަމަލެއް ހިންގާ ވީޑިއޯއެއް ޢާންމު ވެފައިވެއެވެ.. އެއީ މާލޭ ސަރަހައްދުގައި ހިނގި ކަމެއް ކަމަށްވެސް ވީޑިއޯ އާންމު ކުރި ފަރާތުން ބުނެފައި ވެއެވެ.
މިއަދުވެސް މިވަނީ މިފަދަ ތަފާތު ވީޑިއޯއެއް ޢާންމުވެފައެވެ. މިއަދު ފެންނަ ވީޑިއޯގައި ސްކޫލް ޔޫނީފޯމްގައި ތިބި ދެ ޖިންސްގެ ދެ ޒުވާނަކު ބަހެއްގެ ތެރޭ ގައިގޯޅިވެ ބަދުއަޚްލާގީ ޢަމަލެއް ހިންގާތަން ވަނީ ފެނިފައެވެ.
ހާމަކަން ބޮޑުކޮށް އިޖުތިމާއީ ޢާންމު މިންގަނޑާ ޚިލާފު މިފަދަ ޢަމަލުތައް މާލޭގައި މިފަކަހަށް އައިސް ތަކުރާރުވަމުން އަންނާތީ މިކަމުގެ ކަންބޮޑުވުން ޢާންމުން ދަނީ އުފުލަމުން ނެވެ.