English Edition
Dhivehi Edition

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އައްޑޫ ސިޓީގެ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ ސެކްޝަން ގެ ސެކިއުރިޓީ 01 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އިން ފެށިގެން 19 ޖޫން 2017 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް އެ މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް/ ހިތަދޫ ބްރާންޗްގެ ކައުންޓަރުން ލިބެން ހުންނާނެކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ. މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އައްޑޫ ސިޓީގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / ހިތަދޫ ބްރާންޗް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް އެ މިނިސްޓްރީންވަނީ އެދި ވަޑައިގެންފައެވެ. އަދި 7 ޖޫން 19 ވާ ހޯމަ ދުވަހުގެ 13:00 އަށް އައްޑޫ ސިޓީ ހިތަދޫ ބްރާންޗް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. މި ކަމާއި ގެޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 5753-688 މި ނަންބަރަށް ރަސްމީ ގަޑީގައި ގުޅުމުން މައުލޫމާތު ސާފުވެގެންދާނެއެވެ މީގެ ކުރިންވެސް އެ މިނިސްޓްރީން ވަނީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. އެހެން ނަމަވެސް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެ އިއުލާންވަނީ ބާތިލްކޮށްފައެވެ.