English Edition
Dhivehi Edition
ކްރިމިނަލް ކޯޓު ކައިރީގައި ބަޔަކު ހުއްޓިގެން

ގެވެށި އަނިޔާއާއި މާރާމާރީ ހިންގުން އަދި ބިރުދެއްކުމާއި އިންޒާރު ދިނުމުގެ ތުހުމަތުގައި ދިވެހި އަންހެނަކާއި އިނދެގެން އުޅޭ އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 53 އަހަރުގެ ހުސެއިން ސަޔެދު އިބްރާރް ހުސައިން، އެވެ. މި މައްސަލައާއި ބެހޭގޮތުން ފުލުހުން ހާމަކުރި ގޮތުގައި އޭނާގެ މައްސަލަ ފުލުހުންނަށް ލިބިފައިވަނީ ދޮންދަރިންގެ ކުރިމަތީގައި އަނބިމީހާ އަށް ބޮޑެތި އަނިޔާތަކެއް ކުރަމުން އަންނަ ތުހުމަތުގައި ކަމަށެވެ.

އިއްޔެ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

މި މައްސަލައިގައި ހުސެއިން ސަޔެދު އިބްރާރް ހުސައިން ބަންދުކުރި ކޯޓު އަމުރުގައިވަނީ އަންހެން މީހާއަށް ދީފައިވާ އަނިޔާތަކަކީ ބޮޑެތި އަނިޔާ ތަކެއް ކަމަށާޢި އެ އަނިޔާތަކުގެ ބާވަތަށް ބެލުމުން އޭނާ ހައްޔަރުނުކޮށް ދޫކޮށްލައިފިނަމަ، މުޖުތަމައަށް އޭނާގެ ފަރާތުން ނުރައްކަލެއް އޮތްކަމަށް ބެލެވޭކަމަށެވެ. މީގެ އިތުރުން އަނިޔާ ކުރި މަންޒަރު ފެނުނީ އަންހެން މީހާގެ އިތުރުން އޭނާގެ ދެ ދަރިންނަށް ކަމަށްވާތީ، އެ މީހުންނާއި އޭނާއާ އޮތް ގުޅުމުގެ ސަބަބުން އެ މީހުންނަށް އޭނާ ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮތް ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.