English Edition
Dhivehi Edition
މާލެސިޓީ

ސައިކަލް ވަގަށް ނެގުމުގެ ކުށުގެ ރެކޯޑް އޮންނަ މީހަކު އަނެއްކާ ވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ އިބްރާހިމް ބައްޝާރު ޙަމީދެވެ. މާލޭގައި މިހާރު ދިރިއުޅެމުންދާ ބައްޝާރަކީ ހއ.ހޯރަފުށްޓަށް ނިސްބަތްވާ މީހެކެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 30 ދުވަސް ޖަހައިފައެވެ.

ފުލުހުން ކޯޓުގައި ބުނީ އޭނާ ދުއްވި ސައިކަލް ހުއްޓުވައި ސައިކަލުގެ ރަޖިސްޓްރީ ޗެކްކުރިއިރު އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަން އެނގުނު ކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީ ސައިކަލް ވަގަށް ނެގުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.