English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ލައިވް

އައްޑޫގައި އިމާރާތް ކުރާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާއެވެ. އެސްޖޭ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހިމްއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 123 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ހިންގާ މި މަޝްރޫޢު އެސްޖޭ ކޮންސްޓްރެކްޝަނާ ހަވާލުކުރީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މި ކޯޓު ކޮމްޕްލެކްސް އަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިސްޓްރިކްޓް ކޯޓުތަކުގެ ތެރެއިން އިމާރާތް ކުރެވޭ ފުރަތަމަ ކޯޓު ކޮމްޕްލެކްސްއެވެ.