English Edition
Dhivehi Edition
09 މޭ 2023: ޚާރިޖީ ވަޒީރު ޝާހިދު، ސާބިއާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (ޢަބްދުﷲ ޝާހިދު)

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު، ސާބިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިވިކާ ޑަޗިޗްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝާހިދާއި ވަޒީރު ޑަޗިޗް ވަނީ ދެ ޤައުމުގެ ދެމެދުގައި މިހާރު ޤުޅުން ޤާއިމުކުރެވިފައިވާ ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ޚާއްސަކޮށް ވިޔަފާރިއާއި ފަތުރުވެރިކަމާއި ކުޅިވަރާއި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އާ މަގުތައް ހޯދުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. ދެ ވަޒީރުން ވެސް ވަނީ ދެފަރާތުގެ މަސްލަހަތު ހުރި މައްސަލަތަކުގައި ދެގައުމުގެ ގޮތުންނާއި ބައިނަލްއަގްވާމީ ފޯރަމްތަކުގައި ގާތުން މަސައްކަތް ކުރަމުން ގެންދިއުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ މުހިންމުކަމަށް ވަޒީރު ޝާހިދު އަލިއަޅުއްވާލެއްވިއިރު، މި އެއްބަސްވުންތައް ތަންފީޒުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީން ދެ ވަޒީރުންވެސް ވަނީ ދެއްވައިފައެވެ.

މި ބައްދަލުވުމުގައި ވަޒީރާއެކު ޗީފް އޮފް ސްޓާފް، އަލީ ޒާހިރު، ސެކްރެޓަރީ ބައިލެޓަރަލް، ޑރ.ހާލާ ހަމީދު، އަލްފާޟިލް ހުސައިން ޖާހާޒް އަދި އެސިސްޓެންޓް ޑިރެކްޓަރ، ފާތިމަތު ލަމްޔާ އިމްތިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.