English Edition
Dhivehi Edition
މާލެސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތް 1444 ގެ ރެކޯޑިންގެ ތެރެއިން މޭޔަރ މުޢިއްޒު މުބާރާތުގައި ބައިވެރިވި ކަމުގެ ހަނދާނީ ލިޔުން އަރުވަނީ

ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލޭ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި މަދަޙަ އަދި ޤުރުއާން މުބާރާތް 1444 ގެ ނަތީޖާ ފާޅުކުރުމުގެ ޙަފްލާ މެއި 20 ގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ހަފުލާ އޮންނާނީ 20 މެއި 2023 ވާ (ހޮނިހިރު) ދުވަހުގެ ރޭ 20:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށް އެ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ރެކޯޑިންތައް ރަމަޟާންމަހުގެ ކުރިން ނިންމާ ރަމަޟާން މަހު ވަނީ މި ދެ މުބާރާތް މާލެ ސިޓީ ކައުންސިލްގެ ޔޫޓިއުބް ޗެނަލް އާއި ދިވެހި ޗެނަލް އަދި ސަންގުޓީވީ މެދުވެރިކޮށް ދުރަށް ދައްކަންފަށާފައެވެ.

މި ދެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުން ދަށެވެ.

ހަތަރު ވަނަ ދައުރުގެ ކައުންސިލުން 1443 ވަނަ އަހަރުގެ ރަމަޟާން މަހު މުޅިން އަލަށްފެށި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 428 ބައިވެރިންނެވެ. އެއީ ޤުރުއާން މުބާރާތުގައި 293 ބައިވެރިން އަދި މަދަޙަ މުބާރާތުގައި 135 ބައިވެރިންނެވެ.

ބޮޑެތި އިނާމް ތަކަކާއިއެކު ކައުންސިލުން ފުރަތަމަ ބޭއްވި މުބާރާތާއި އަޅާ ބަލާއިރު މި އަހަރުގެ މުބާރާތުގައި ބައިވެރިވި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނިމިދިޔަ އަހަރެކޭ އެއްފަދައިން 1444 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ދެ މުބާރާތުގައި މިއަހަރު ވަނީ 1060 ކުދިން ބައިވެރިވެފައެވެ. އެއީ ޤުރުއާން މުބާރާތުގައި 756 ބައިވެރިން އަދި މަދަޙަ މުބާރާތުގައި 304 ބައިވެރިންނެވެ.

1443 ވަނަ އަހަރެކޭ އެއްފަދައިން މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގެ އިނާމް ދިނުމުގެ ޙަފްލާވެސް ޓީވީ މެދުވެރިކޮށް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.