English Edition
Dhivehi Edition
08 މޭ 2023: ހާލުދެރަ ބަލި މީހަކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މާލެ ގެނެސްދީފި - ފޮޓޯ: އެމްއެންޑީއެފް

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މާލެ ގެނެސްދީފިއެވެ.

އުމުރުން 89 އަހަރުގެ މި ފިރިހެން މީހާ މާލެ ގެނެސްދީފައި ވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި މީހާ މާލެ ގެނެސްފައި ވަނީ ރޭ 19:31 ހާއިރުއެވެ.