English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: މިހާރު

އަމިއްލައަށް މަރުވާ މައްސަލަތައް ރިޕޯޓް ކުރުމުން އެ ފަދަ މައްސަލަަތައް އިތުރުވާ ކަމަށް ދިރާސާތަކުން ދައްކާކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ އަމިއްލައަށް މަރުވާ މައްސަލަތައް ރިޕޯޓް ކުރުމުން އެ ފަދަ މައްސަލަަތައް އިތުރުވާ ކަމަށް ދިރާސާތަކުން ދައްކާތީ އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ހިތްވަރު ނުދޭ ކަމަށެވެ. އަދި އަމިއްލައަށް މަރުވާ ނުވަތަ އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތަކުގެ މައުލޫމާތު ފުލުހުން ހާމަ ނުކުރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު މިހެން ބުނެފައިވާއިރު މިއަދު ގދ. ފަރެސްމާތޮޑާގައި 12 އަހަރުގެ ކުއްޖަކު ދަންޖެހިފައި ހުއްޓާ ވަނީ ފެނިފައެވެ