English Edition
Dhivehi Edition
ޝާފްޓް ބިންދައިގެން ގޮސްގެން ސިފައިން ޙަރަކާތްތެރިވަމުން އަންނަ ދޯނި/ފޮޓޯ އެމްއެންޑީއެފް

ކ. ތިލަފުށީން ހދ. ނެއްލައިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ހާލުގައި ޖެހުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ “ލެވަލް 9” ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ ޝާފްޓް ބިންދައިގެން ދިއުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

މިއީ ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރު ކުރަމުން ދިޔަ ދޯންޏެކެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއި ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ސަމާލު ނެރެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރަށް ފެށުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.