English Edition
Dhivehi Edition

އިޓާލިއަން ލީގުގައި މިރޭ އިންޓަ މިލާންއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިބެ ރޯމާ ލީގު ތާވަލްގެ ހަތްވަނައަށް ވެއްޓިއްޖެއެވެ.

އަމިއްލަ ދަނޑުގައި އިންޓަމިލާން އަތުން ރޯމާ ބަލިވީ 0-2 އިންނެވެ.

މިރޭގެ މެޗު ފެށިގެން ރަނގަޅަށް ކުޅުނީވެސް އިންޓަ އިންނެވެ. އިންޓައިން މެޗުގެ ލީޑު ނެގީ 33 ވަނަ މިނެޓުގައި ޑަމްފްރައިސް ގެ އެހީތެރިކަމާއި އެކު ޑިމާކޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އިންޓަގެ ލީޑު ފުޅާކޮށްދިނީ 74 ވަނަ މިނެޓުގައި ލުކާކޫއެވެ.

މި މޮޅާއި އެކު އިންޓަ މިލާން ވަނީ ކުޅުނު 34 މެޗުން 63 ޕޮއިންޓު ލިބިގެން ތާވަލްގެ ހަތަރުވަނައަށް ޖެހިލާފައެވެ. އަދި ރޯމާ އޮތީ 34 މެޗުން ލިބުނު 58 ޕޮއިންޓާއި އެކު ހަތްވަނާގައެވެ.