English Edition
Dhivehi Edition

ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ތައުޙީދުގެ ކަލިމައަށް ފަހު ދެން ކުރުން އެންމެ މުހިންމު ކަމަކީ ފަރުފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ.

ނަމަވެސް އަޅުގަނޑުމެންގެ މިއަދުގެ ޙާލަތައް ނަޒަރު ހިންގާލައިފިނަމަ، ފެންނަމުންދަނީ ވަރަށްވެސް ހިތާމަހުރި މަންޒަރުތަކެވެ. އެހެނީ ނަމާދަށް ފަރުވާ ކުޑަކޮށް ދުނިޔެވީ ކަންކަމައިގެން ހޭބޯނާރާ މީސްތަކުން އުޅޭތަނެވެ.

މިއަދު ގިނަ މީހުންނަށް ނަމާދު އެއީ މާ މުހިންމުކަން ދޭ ކަމަކަށް ނުވެއެވެ. އެމީހުންނަށް ނަމާދު އެޅުމަކީ އެއްވެސް ކަމެއްނޫނެވެ.

އެކުވެރިންނޭވެ. ނަމާދަށް ރައްކާތެރިވާށެވެ. ނަމާދު އަޅާފަ އަހަރެމެންނަށް ހާސިލްވާން އޮތީ ކޮންކަމެއްތޯއެވެ. ލިބެން އޮތީ ކޮން އުފަލަކާއި އަރާމެއް ތޯއެވެ. ވިސްނާ ފިކުރުކޮށްލަބަލާށެވެ.

ނަމާދު އަޅާ މީހާއަށް ދުނިޔެމަތީިގައި އޮތީ ދަތި އުނދަގޫކަމެވެ. އެބަހީ މާތް ﷲ ވަޙީ ކުރައްވަވާފައި ވަނީ ” ތިމަންރަސްކަލާންގެ ރަސްކަންފުޅުމަތިން ހަނދުމަކުރުމުން ދުރުހެލިވެއްޖެ މީހާ، އެބަހީ ފަރުޟުފަސް ނަމާދުކުރުން ދޫކޮށްލައިފި މީހާއަށް ދުނިޔޭގައި ދަތި އުނދަގޫ ދިރިއުޅުމެއް ދައްކަވާހުށީމެވެ. އަދި ޤިޔާމަތް ދުވަހު ލޮލަށް ނުފެންނަ ކަނު މީހެއްގެ ގޮތިގައި އޭނާ މަހުޝަރު ކުރައްވާހުށީމެވެ.”

ކަން މިހެން ހުރިއިރު، އަޅުގަނޑުމެންނަށް ނަމާދު އަޅާފަ ދުނިޔޭގެ އަރާމާއި އުފާ ހާސިލް ކުރެވެން އެބައޮތްތޯ އަމިއްލަ ނަފުސާއި ސުވާލުކޮށްލަބަލާށެވެ. އަދި ނަމާދު އަޅާފަ ދުނިޔޭގައި ދުވަސްތައް ވޭތު ކުރާ މީހާއަށް އެއްވެސް ސަލާމަތްތެރިކަމެއް، އެއްވެސް ރައްކާތެރިކަމެއް އެބައޮތްތޯ އަމިއްލަ ނަފުސާއި ސުވާލުކޮށްލަބަލާށެވެ. ހަމަ ޔަގީނުންވެސް އެފަދަ މީހުންނަށް އެއްވެސް ސަލާމަތެއް، ރައްކާތެރިކަމެއް ނެތެވެ.

އެކުވެރިންނޭވެ. ނަމާދަށް ރައްކާތެރިވާށެވެ. ދުނިޔޭގެ ހުރިހާއެއްޗަކަށް ވުރެ ނަމާދުުގެ މުހިންމުކަން ބޮޑެވެ.

އިސްލާނީ ތިލަފަތުގެ ދަރުސަކުން