English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި ހަ އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ފިރިހެން ކުއްޖެކެވެ. މިއީ މިއަދު ހަވީރު 5:50 ހާއިރު، އެރަށު ޓްރެކް ސަރަހައްދުގައި ހުންނަ ރެސްޓޯރެންޓަކަށް އާއިލާއާ އެކު ދިޔަ ކުއްޖެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް، ފެނުނީ މޫދުގައި އޮއްވާ ކަމަށާއި މޫދުން ނަގައިގެން، ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ ކުއްޖާ މަރުވީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ޚަބަރުތައް ބުނެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ސ. ފޭދޫ އާޒާދުގެ، އުމުރުން 6 އަހަރުގެ އަޔާން އަބްދުﷲ އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.