English Edition
Dhivehi Edition
ފޮޓޯ: އެންޑީއެމްއޭ ޓްވިޓަރ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، އެކަމަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިއްޖެއެވެ.

އެންޑީއެމްއޭ އިން ބުނެފައިވަނީ އެ ސިޓީގެ ހިތަދޫއިން 16 ގެއަކަށާއި 7 ގެއެއްގެ ދަނޑު ބިމަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ފޭދޫގެ 8 ގެއަކަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ސިޓީ މީދޫގެ އެކި ސަރަހައްދުތަކުގައި ވެސް ފެންބޮޑުވެ، މީދޫގެ 10 ގެއަކަށް ފެން ވަދެފައިވާ ކަމަށާއި ސ. އަތޮޅު ސްކޫލުގައި ވެސް ފެންބޮޑުވެ، ކްލާސްތަކަށް ވެސް ފެނުގެ އަސަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

އެހެންނަމަވެސް މި ހާދިސާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތަކަށް ގޮސްފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށް ވެސް ދަނީ ވިއްސާރަކުރަމުންނެވެ. ޚާއްޞަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ މޫސުން ގޯހެވެ