English Edition
Dhivehi Edition

އެންޓިކޮރަޕްޝަން ކޮމިޝަނުން އައްޑޫސިޓީ ހިތަދޫގައި ކުޑަކުދިންނަށް ނަޒާހަތްތެރި ހަވީރެއް އިއްޔެ ބާއްވައިފިއެވެ.

ހިތަދޫ ސްޓޭޖު ސަރަހައްދުގައި ބޭއްވި މި ހަވީރަކީ ނަޒާހަތްތެރިކަމުގެ ހަފްތާ ފާހަގަކުރުމަށް ޔޫއެންޑީޕީއާ ގުޅިގެން ހިންގާ ހަރާކާތުގެ ތެރެއިން ކަމެކެވެ.

އެންޓިކޮރަޕްޝަން ކޮމިޝަންގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ކުޑަކުދިންގެ ހަވީރުގައި ކުދިންނަށް ތަފާތު ކުޅިވަރު ކުޅުމުގެ ފުރުސަތުގެ އިތުރަށް ކޮރަޕްޝަނާ ދެކޮޅު މެސެޖުތަކާއި، ކޮރަޕްޝަނަށް މީހުން ހޭލުންރި ކުރުމުގެ މެސެޖުތައް ކުދިންނާއި ބެލެނިވެރިންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

މިހަރަކާތުގައި ދިވެހިރެޑްކްރެސެންޓާއި، އިންފޮމޭޝަން ކޮމިޝަނަރު އޮފީހާއި، މީރާއި، ޕޮލިހާއި، އެމްއެންޑީއެފްއާއި ބައެއް ޖަމްއިއްޔާތަކުންވެސްވަނީ ބައިވެރިވެފައެވެ. “މީގެ ހަގީގީ މަގުސަދަކީ ނަޒާހަތްތެރިކަމުގެ ޖީލެއް ބިނާކުރުމަށް ކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރުފުޅާކުރުން. އަދި ކުދިންނަށްވެސް ނަޒާހަތްތެރި ކަމުގެ ސިފައެކުލެވޭ މެސެޖުތައް ކުދިންނާއި ބެލެނިވެރިންނާވެސް ހިއްސާކުރުން،” މުއައްވިޒު ވިދާޅުވިއެވެ.

މި ފެސްޓިވަލުގައިވަނީ ނަޒާހަތްތެރި ކަމުގެ ވައުދުގައި ސޮއިކުރަން ބޭނުންވާ ފަރާތްތަކަށް އޭގައި ސޮއިކުރުމުގެ ފުރުސަތުވެސްދީފައިވެއެވެ. “އެ ވައުދުގައި ސޮއިކުރުމުގެ ފުރުސަތު އޮންނާނީ ކޮންމެ ރައްޔިތަކަށްވެސް ހުޅުވިފައި،” މުއައްވިޒް ވިދާޅުވިއެވެ.

ނަޒާހަތްތެރިކަމުގެ ހަފްތާއާބެހޭ ބައެއް ޕްރޮގްރާމް މިއަދުވެސް އައްޑޫގައި ކުރިއަށްދާނެއެވެ.

ޓެގު