English Edition
Dhivehi Edition

މަޓާޓޯ ޓްރެވަލް ކޮންފަރެންސް މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ޓްރިޕް އެޑްވައިޒާ އާއި ގުޅިގެން މަޓާޓޯ އިން ބާއް ވާމޯލްޑިވްސް ޓްރެވަލް އެވޯޑްގެ ބައެއްގެ ގޮތުގައި ޓްރެވަލް ކޮންފަރެންސް އެންމެ ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ ކޮންފަރެންސްގައި ޓްރެވެލް އެންޑް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 150 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
މިފަހަރުގެ ޓްރެވަލް ކޮންފަރެންސް ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ވެބްސައިޓާ ގުޅިގެން ކުރިއަށް ގެންދާ އިރު، މިފަހަރުގެ ކޮންފަރެންސްގައި ދާއިރާގެ ތަޖުރިބާކާރު ހަތަރު ބޭފުޅަކު ކީނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވެރިވާނެ އެވެ. ކޮންފަރެންސް އޮންނާނީ ބަނޑޮސް އައިލެންޑް ރިސޯޓްގަ އެވެ.
ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވެ ލައްވާނީ އީ ޓުއަރިޒަމް ފްރޮންޓިއާސްގެ ސީއީއޯ ޑޭމިއަން ކުކް، ޓްރިޕް އެޑްވައިޒާގެ ހެޑް އޮފް ޑެސްޓިނޭޝަން މާކެޓިން ސާރާ މެތިއުސް، ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަންގެ ޑިރެކްޓާ ހެލޯނާ ޕެޑިއާޗީ އަދި ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖާ ޑރ. އަބްދުﷲ މައުސޫމް އެވެ.
ޑެސްޓިނޭޝަން ރިވިއު، އިވޮލިއުޝަން އޮފް ޓްރެވަލް، 2017 ގްލޯބަލް ޓްރެވަލް ޓްރެންޑްސް އެންޑް މޯލްޑިވްސް ޑެސްޓިނޭޝަން އިންސައިޓްސް، ބެސްޓް ޕްރެކްޓިސަސް އޮފް ޑިޖިޓަލް މާކެޓިން އަދި ޓްރެވެލާސް ޕާތް ޓު ޕާޗޭސް އެންޑް ދަ ރައިޓް އެޓްރިބިއުޝަން ހިމެނޭނެހެން ފަސް މަޢުޟޫއަކަށް ވާހަކަދެއްކުމަށް މިފަހަރުގެ ކޮންފަރެންސްގައި ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް ޓްރެވަލް ކޮންފަރަންސަކީ، ފަތުރުވެރިކަމާއި ޓްރެވަލް ދާއިރާގެ ސްޓޭކްހޯލްޑަރުން އެއްތަނަކުން ބައްދަލުކޮށް، އިންޑަސްޓްރީގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރަންސެކެވެ.

ޓެގު