English Edition
Dhivehi Edition

ރެއާލް ސޮއިއެދާދް އަތުންވެސް ބަލިވެ، ޗެމްޕިއަން ރެއާލް މެޑްރިޑަށް ލީގު ހޯދުމުގެ ފުރުސަތު މުޅިންހެން ގެއްލިއްޖެއެވެ.

ރެއާލް ސޮސިއެދާދްގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް ބަލިވީ 2-0 ގެ ނަތީޖާއިންނެވެ.

ރޭގެ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަޔަމަ ތިން މިނެޓުގެ ތެރޭގައި ރެއާލް ސޮސިއެދާދުން ލަނޑު ޖަހާ ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ކޫބޯ ޓަކީއެވެ.

މެޗުގެ ފަހު ހާފުގެ 61 ވަނަ މިނެޓުގައި ޑެނި ކަވަހާލް އަށް ދެއްކި ރަތްކާޑާއި އެކު މި މެޗުގެ ދެވަނަ ހާފްގެ ބޮޑުބައެއް ރެއާލުން ކުޅެން ޖެހުނީވެސް 10 ކުޅުންތެރިންނާއެކުއެވެ.

ރެއަަލް ސޮސިއެދާދުން މެޗުގެ ލީޑް ފުޅާކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އަންދްރޭ ބަރެނޭޝިޔާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.