English Edition
Dhivehi Edition
އީކުއޭޓަރ ވިލެޖް ރިސޯޓް

ފަތުރުވެރިކަމުގެ ދާއިރާ އާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ‘އިންޑިއަން އޯޝަން، ވޯލްޑް ލީޑިން އެއާޕޯޓް ހޮޓެލް އެވޯޑަށް އީކުއޭޓަރ ވިލެޖް ނޮމިނޭޓްވެއްޖެ އެވެ

މި އަހަރުގެ ލީޑިން އެއާޕޯޓް ހޮޓެލްގެ މަގާމަށް އިތުރު ހަތަރު ރިސޯޓެއް ވާދަކުރެ އެވެ. އޭގެތެރޭގައި މޮރިޝަސްގެ އެސްޓްރޯއީ ބީޗާއި، މޮރިޝަސް މޮން ޓްރެސާގެ ހޮލިޑޭ އިން އާއި، ސީޝެލްސްގެ ޖާރ އެންޗާންޓެޑް ވޯޓަރ ފްރޮންޓް ގެ އިތުރުން ވީއައިއޭގައި ހުންނަ ހުޅުލޭ އައިލެންޑް ހޮޓަލް ހިމެނެއެވެ.

މި އެވޯޑަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މި މޭ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވޯޓު ދިނުމުގެ ފުރުސަތު އޮންނާނެ އެވެ. މި އެވޯޑަށް އީކުއޭޓަރ ވިލެޖް ނޮމިނޭޓްވެފައި ވާއިރު، އެ ރިސޯޓުން އެދެނީ ވީހާވެސް ގިނަ ބަޔަކު އެރިސޯޓު ހޮވިފައިވާ އިންޑިއަން އޯޝަންގެ ވޯލްޑް ލީޑިން އެއާޕޯޓް ހޮޓެލް އެވޯޑަށް ވޯޓު ދިނުމަށެވެ.

އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު އެއާޕޯޓު ހޮޓަލަށް އީކުއޭޓަރ ވިލެޖް ނޮމިނޭޓްވި އިރު، އެ ހޮޓަލުން ވަނީ ތަފާތު އެތައް ފަހަރެއްގެ މަތިން ލީޑިން އެއާޕޯޓް ހޮޓެލްގެ އެވޯޑު ހޯދާފައެވެ.

ވިދިވިދިގެން 3 ފަހަރު ލީޑިން އެއަރޕޯޓް ހޮޓެލް ހޯދައިގެން ވޭތުވެ ދިޔަ އަހަރު ލީޑިން އެއަރޕޯޓް ހޮޓެލް ގޯލްޑް އެވޯޑު އުފުލާލި މިރިސޯޓަށް ، ހަމައެއަހަރު ލީޑިން ހެރިޓޭޖް ހޮޓެލް ސިލްވަރ އެވޯޑު ވެސް ވަނީ ލިބިފައެވެ. އޭގެ އިތުރުން ވެސް ބައިނަލް އަޤްވާމީ ގިނަ އެވޯޑްތަކެއް މިހާތަނަށް ޙާސިލް ކޮށް އެތައް ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ މި ހޮޓަލަކީ ފަތުރުވެރިންގެ ވެސް މަގުބޫލް މަންޒިލަކަށް ވެފައިވެއެވެ.

އައްޑޫގެ ތާރީޚާއި ގުޅުން ހުރި ގިނަކަންތައްތަކެއް ދައްކުވައިދޭ އީކުއޭޓަރވިލެޖަކީ އައްޑޫގެ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދޭ އަދި ރައްޔިތުން ބަލައިގަންނަ ތަނަކަށް މިތަން ވެފައިވެއެވެ.

156 އެނދުގެ މިހޮޓަލަކީ އައްޑޫސިޓީގައި ހުރި ޓުވަރިސްޓުންނަށް ޚިދުމަތްދޭ އެންމެ ދުވަސްވީ ހޮޓަލެވެ. މިހުރިހާ ކާމިޔާބީ ތަކަކާއެކު އީކުއޭޓަރ ވިލެޖް ވެފައިވަނީ ފަތުރުވެރިންގެ މަގުބޫލް މަންޒިލަކަށެވެ. ރާއްޖޭގެ ތާރީޚުގެ ގިނަ ވާހަކަތަކެއް ކިޔައިދޭ އައްޑޫސިޓީގެ ގަން ބަލައިލުމުގެ ފުރުސަތު އެތަނަށް އަންނަ ފަތުރުވެރިންނަށް ލިބިގެން ދެއެވެ. ބައިނަލް އަގުވާމީ ވައިގެ ބަނދަރުން ފެށިގެން 5 މިނެޓުން ދެވޭ މި ހޮޓަލަށް އަންނަ ގިނަ ފަތުރުވެރިން އެންމެ ހިތްހަމަޖެހޭ އެއްކަމަކީ އެތަނުގެ ގުދުރަތީ ރީތިކަމެވެ.

އީކުއޭޓަރ ވިލެޖަށް ވޯޓު ދެއްވުމަށް މި ލިންކަށް ފިއްތަވާލައްވާ!