އައްޑޫސިޓީގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަނެއް ކަމުގައިވާ އީކުއޭޓަރ ވިލެޖުން މި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ރޯދަ ވީއްލުމުގެ ޕެކޭޖްތަކެއް ތައާރަފް ކޮށްފިއެވެ.
އީކުއޭޓަރ ވިލެޖްގައި ރޯދަ ވީއްލުމަށް ބުކިންސް ހެދުމަށް މަދުވެގެން 10 މީހުންގެ ގުރޫޕެއް ހަމަވާން ޖެހެއެވެ. އަދި ރޯދަ ވީއްލުމަށް ބޭނުންވާ ފަރާތްތަކުން 24 ގަޑިއިރު ކުރިން ބުކިންސް ހައްދަން ޖެހެއެވެ.
އީކުއޭޓަރ ވިލެޖްގެ ރޯދަވީއްލުން ޕެކޭޖްގައި ތަފާތު 4 މެނޫއެއް ހިމެނެއެވެ. ހަފްތާގެ ތަފާތު އެކި ދުވަސްތަކަށް ޚާއްޞަކޮށްގެން މެނޫ ހަދާފައިވާއިރު ކޮންމެ މެނޫއެއްގައި ވެސް ބޮލަކަށް ޗާޖްކުރަނީ ބޮޑެތި މީހުންނަށް ނަމަ 250 ރުފިޔާއެވެ. އަދި 12 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިންނަށް %50 ޑިސްކައުންޓް ލިބޭއިރު 4 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ޗާޖެއް ނުނަގައެވެ. ރޯދަ ވީއްލުމަށް ބުކިންސް ހެދުމަށް ގުޅަން ޖެހޭ ނަމްބަރަކީ 6899000 އެވެ
މީގެ ކުރީގެ އަހަރުތަކުގައި ވެސް އީކުއޭޓަރ ވިލެޖުން ރޯދަ މަހަށް ޚާއްޞަ ކޮށްގެން ރޯދަ ޕެކޭޖް ތައްޔާރުކޮށްފައިވާއިރު ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ.
އީކުއޭޓަރވިލެޖަކީ އައްޑޫގައި ބާއްވާ ޚާއްޞަ އިވެންޓްތަކާއި ވީއައިޕީ ގުރޫޕް ކެއުން ތަކަށް އިންސާފު ކުރުމަށް ގިނަ ބަޔަކަށް އެންމެ ކަމުދާ ޚާއްޞަ ތަނެކެވެ.