English Edition
Dhivehi Edition

ތ. ހިރިލަންދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން 2 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އެ ރަށު ގެއެއްގެ ތެރެއަށް ރަށުގެ ބަޔަކު ވަދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މާރާމާރީގައި 2 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނަކަށެވެ. ފުލުހުން ބުނީ އެ ދެމީހުންނަށް އެ ރަށު ސިއްހީ މަރުކަޒޫން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް ތ. ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރާއި 32 އަހަރުގެ މީހެކެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ މާރާމާރީ ހިންގުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ރަށުގެ އަމަންއަމާންކަން ނަގާލަން މަސައްކަތް ކުރުމުން ކަމަށެވެ،

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.