English Edition
Dhivehi Edition

ރައްކާތެރިކަމާއެކު ވަޒީފާ އަދާކުރެވޭނޭ ގޮތެއް ފަހިކޮށްދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ސަރުކާރަށް ގޮވާލައިފިއެވެ.

އެޕާޓީ އިން މިހެން ގޮވާލީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ދެއްވި ބަޔާނުގައެވެ.

އެމްއެންޕީގެ ބަޔާނުގައި ބުނީ ރާއްޖޭގެ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދެއްވައި، ހަމަހަމަ ކަމާއެކު އަދި ރައްކާތެރިކަމާއެކު ވަޒީފާ އަދާކުރެވޭނޭ ގޮތެއް ފަހިކޮށްދެއްވުމަށް ސަރުކާރަށް ގޮވާލާ ކަަށެވެ. ވޯޓާ ދިމާކޮށް ދިވެހި މަސައްކަތްތެރިންގެ ނާޖާއިޒުފައިދާ ނުނެންގެވުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޤާނޫނާ ގަވާއިދުތައް ތަންފީޛުކުރައްވައި، ރޫޅެމުންދާ ޤައުމުގެ ހިންގުމުގެ ދާއިރާ ހަމަޔަކަށް އެޅުއްވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މަސައްކަތްތެރިންގެ އެންމެ އަސާސީ ޙައްޤަކީ، ވަޒީފާގެ ކަށަވަރުކަން ކަމަށާއި އެހެންނަމަވެސް، މިއަދު މިއޮތީ، ރާއްޖޭގައި މީގެ ތިރީހަކަށް އަހަރުކުރިން، އުޅުނުހެން ސަރުކާރާ ދެކޮޅަށް ޚިޔާލެއް ފާޅުކޮށްފިނަމަ، ވަޒީފާއިން ވަކިކުރާ ހިސާބަށް ކަންގޮސްފައި ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ޚިދުމަތްތެރިންނަކީ ޕްރޮފެޝަނަލް ބަޔަކަށް ހަދަންޖެހޭ ކަމަށާއި ސިވިލް ސަރވަންޓުންނަށް ރައްކާތެރި ކަމާއެކު ޚިދުމަތްކުރުމުގެ ފުރުޞަތު ތައް ލިބިދޭންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި ކޮންމެ ޕާޓީއެއްގެ ކޮންމެ މީހަކަށްވިޔަސް ވަޒީފާގައި ހަމަހަމަ ކަމާއެކު ރައްކާތެރިކަން ލިބިދޭންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޕާޓީއަށް ސޮއިނުކޮށް ވަޒީފާގައި ހުރުން މިއަދު މުސްތަހިއްލު ވެފައިވާ ކަމަށާއި ސަރުކާރަށް މަރުޙަބާ ކިޔާ ޓްވީޓްކުރުން ވަޒީފާގެ ބަޔާނުގައި ހިމަނާ، ވަޒީފާގެ ރައްކާތެރިކަމަކީ މިއީ ކަމަށް ހަދާފައިވާ ކަމަށް ވެސް ނާޒިމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

3 ކޮމެންޓް
ޢިދުރީސް
މެއި 2, 2023
ވަރަށް ބޮޑު ތެދެއް. ވޯޓާއި ދިމާކޮށް އެކި ގޮތްގޮތުންް ނިކަމެތި ރައްޔިތުންގެ ނާޖަައިޒު ފައިދާ ނެގުން ހުއްޓާލަން ޖެހޭ
އައިޝަތު
މެއި 2, 2023
ކޮންމެ އިންތިހާބެއްގައި އެމީހުން އަންނަނީ އަޅުގަނޑުމެންގެ ދޮރުގައި ޓަކިޖަހައި. އެހީއަށް އެދުމާއި ވައުދުވުން. އިންތިޚާބަށްފަހު އަހަރެމެންނަށް އެމީހުންވެސް ނުފެނޭ. އަޅުގަނޑަށް ފެންނަނީ ނާޒިމަކީ ރައްޔިތުންނާ މެދު އަސްލު ކަންބޮޑުވުމެއް އޮންނަ ތަފާތު ލީޑަރެއްގެ ގޮތުގައެވެ
އިބްރާހިމް
މެއި 2, 2023
ކޮންމެ އިންތިޚާބަކުން އަޅުގަނޑުމެންނަށް ފެންނަނީ މި ޓްރެންޑް އޮފް ޕަވަރ މޮނެޓައިޒޭޝަން އަދި ވެރިކަމުގެ ވެރިކަމުގައި އޮތް ޕާޓީން އަބަދުވެސް ރައްޔިތުންނަށް ވަޒީފާތަކުން ބިރުދައްކައި، ސޮފްޓް ކޭޝް ވެސް ފޯރުކޮށްދިނުމަށް ބޭނުންވާ ކޮންމެ ކަމެއް ކުރެއެވެ. ކޮރަޕްޝަން