English Edition
Dhivehi Edition
އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަފުޅު ދައްކަވަނީ – ފޮޓޯ/ވަގުތު

މިއަދު ގައުމު މިއޮތް ހާލަތަށް ބަލާއިރު ރައީސް އަބުދުއްﷲ ޔާމީން މިނިވަންވެފައި ނެތުމަކީ ހިތާމަކުރައްވާކަމެއްކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލައިގައި ރޭ އިދިކޮޅު ކޯލިޝަނުން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ، ކަނޑައެޅިގެން ރާއްޖެއަށް ލިބެން އޮތް ސަރަހައްދެއް މި ސަރުކާރުން ދޫކޮށްލާފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

މި ގޮތުން އަބްދުއްރަހީމް ވިދާޅުވީ ދިވެހިންގެ މައި އެއާޕޯޓް ވީ.އައި.އޭ ދިވެހިންގެ އަތުން ގެއްލިފައި ވަނިކޮށް އެތަން ހޯދައިދިނީ ރައީސް ޔާމީން ކަމަށާ ހަމައެ ގޮތަށް މިސަރުކާރުން ދޫކޮށްލި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ހޯއްދަވައި ދެއްވާނެކަމަށެވެ.

” މިސަރުކާރުން ޗާގޯސް ވިއްކާލީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލަށްލުމަށްފަހު. އަޅުގަނޑުމެން މިދަނީ އަލުން ވެރިކަމަށް އައުމަށް ތައްޔާރުވަމުން. މިކަމުގެ ހިތްވަރާއި ކެރުންތެރިކަމާއި ވަފާތެރިކަން ރައީސް ޔާމީންގެ ހުންނާނެ” އަބްދުއްރަހީމް ވިދާޅުވިއެވެ.