English Edition
Dhivehi Edition
ސިއްޙަތަށް ފައިދާ ހުރި ކާނާ ތައްޔާރުކުރުމާ ބެހޭގޮތުން މީގެ ކުރިން ޖުވޭ ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން
“ހެޔޮ ސިއްޙަތު” ގެ ނަމުގައި ދުޅަހެޔޮ ސިއްޙަތާއި ރަނގަޅު ކާނާއާއި ގުޅޭ އެއްދުވަހުގެ ޕްރޮގްރާމެއް ފުވައްލައް ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް ) ގުޅިގެން މުޖުތަމަޢު ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމް ކަމަށްވާ “ވެށި- ބާރު” ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
“ހެޔޮ ސިއްޙަތު” ޕްރޮގްރާމަކީ ވެށި- ބާރު ޕްރޮޖެކްޓްގެ ދަށުން، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ރަނގަޅު ކާނާ ގެ މުހިންމުކަމާއި، ރަނގަޅު ސިއްހަތެއްގައި ތިބުމަށް ސިއްޙީ ގޮތުން ވިސްނަންވީ ކަންތައްތައް އަންގައިދީ އެކަމާއި ބެހޭ މައުލޫމާތު މުޖުތަމައަށް ފޯރުކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ރަނގަޅު ކާނާ ގެ 30 ވައްތަރުގެ ރެސިޕީ ތައްޔާރުކުރަން ދަސްކޮށްދެވޭނެއެވެ. މި ސެޝަން ފެސިލިޓޭޓް ކޮށްދެއްވަވާނީ އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) ގެ ނައިބު ރައީސާ، އަދި ދިވެހި ރަހަތަކާއި އެކު ދިވެހި ކެއުންތައް ތައްޔާރުކުރުމަށް މަޝްހޫރު ޖުވެއިރިއްޔާ ވަޖުދީއެވެ.
މި ޕްރޮގްރާމުގައި ކާނާ ތައްޔާރުކުރުމުގެ އިތުރުން ގޭގައި ކޮށްލެވޭނެ ލުއި ކަސްރަތު ދަސްކޮށްދިނުމާއި ދުޅަ ހެޔޮ ސިއްޙަތެއްގައި ތިބުމަށް ރަނގަޅު ކާނާ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.
45 އަހަރުން މަތީގެ މީހުންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމު ބާއްވަން ހަމަޖެހިފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހުގައެވެ. އެއްދުވަހުގެ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮގްރާމްގައި ރަޖިސްޓަރ ކުރުމަށާއި އަދި އިތުރު މަޢުލޫމާތު ހޯދުމަށް ގުޅަން ޖެހޭ ނަމްބަރަކީ 7878981 އެވެ.
މުޖުތަމަޢު ބާރުވެރިކުރުމަށް ކުރިއަށް ގެންދާ “ވެށި – ބާރު” ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުވައްމުލަކުގައި ކުރިއަށް ގެންދާ އިވެންޓަކީ މި ޕްރޮޖެކްޓްގެ 5 ވަނަ ޕްރޮގްރާމެވެ.

ވެށި- ބާރު ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި އަދި ސްކޫލް ކުދިންގެ އިތުރުން ކޮމިޔުނިޓީ ލީޑަރުންނާއި ސީއެސްއޯސް ތަކާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ތަފާތު އެކިކަހަލަ ކޮމިޔުނިޓީ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.