English Edition
Dhivehi Edition
ކުރިން ރައީސް ނަޝީދު އައްޑޫއަށް ކުރެއްވި ދަތުރު ފުޅޭއްގައި މޭޔަރ ނިޒާރުއާއެކު،ފޮޓޯ އައްޑޫސިޓީކައުންސިލް

ރައްޔިތުން މަޖިލީހުގެ ރައީސް،ރައީސް މުޙައްމަދު ނަޝީދު މިރޭ އައްޑުއަށް ވަޑައިގެންފިއެވެ.

ނަޝީދު އައްޑުއަށް ކުރައްވާ ދަތުރުފުޅަކީ މޯލްޑިވްސް ކޮރަލް އިންސްޓިއުޓުން އައްޑޫސިޓީގައި ބާއްވާ ކޮރަލް ފެސްޓިވަލްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދު ގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަނެއެވެ.

ނަޝީދު އިސްދައުރެއް އަދާކުރައްވާ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ވަނީ މި އަހަރުގެ ކޮރަލް ފެސްޓިވަލް އައްޑޫސިޓީގައި ބާއްވަން ނިންމައި މިކަމާ ގުޅޭގޮތުން ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްއާއެކު ޕާޓްނާޝިޕް ހަދާފައެވެ.

ފެސްޓިވަލް ބާއްވަނީ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

ދުނިޔޭގެ މަޝްހޫރު މުރަކައިގެ ތަޖުރިބާކާރުންނާއި ސައިންޓިސްޓުން ފެސްޓިވަލްގައި ބައިވެރިވާނެ ކަމަށް މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ބުނެފައި ވެއެވެ.

ފެސްޓިވަލުގައި މުރަކައިގެ ތަޖުރިބާކަރުންނާއި، ކަމާގުޅުން ހުރި ރާއްޖޭގެ ޖަމިއްޔާތަކާއި، ސިޔާސީ ލީޑަރުންގެ އިތުރުން މެރިން އީކޯ ސިސްޓަމް އިން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ. އަދި ރައީސް މުހައްމަދު ނަޝީދު ގެ އިތުރުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި، ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިފެސްޓިވެލްގައި ސީޝެލްސްސް އެގްރިކަލްޗަރ މިނިސްޓަރ ވެސް ކީނޯޓް ސްޕީޗެއ ދެއްވާނެއެވެ. މިއާއެކު ދައިރާގެ ފަންނީ ބޭފުޅުންގެ ވާހަކަ ދެއްކުމާއި ޕްރެޒެންޓޭޝަންތަކާއި އަދި ސުވާލާއި ޖަވާބުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްކޫލުގެ ކުދިންގެ މެދުގައި ބާއްވާ ބަޙުސު މުބާރާތެއް އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ އޮޑިޓޯރިއަމްގައި އޮންނާނެއެވެ. ފެސްޓިވަލުގެ ފުރަތަމަ 2 ދުވަހު ދުނިޔޭގެ އެކި ހިސާބުތަކުން ބައިވެރިވާ މުރަކައިގެ ތަޖުރިބާކާރުންނާއި, ސައިންސްވެރިންނާއި އެންވައިރަމެންޓަލިސްޓުން އާންމުންނަށް އަމާޒުކޮށްގެން ވޯކްޝޮޕް ތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް އެކަށީގެންވާ ގޮތައް ހިނގޭ ވޯކްޝޮޕް ތަކެއްކަމަށް ކޮރަލް އިންސްޓިޓިއުޓުން ބުނެފައިވެއެވެ. ފެސްޓިވަލުގެ 3 ވަނަ ދުވަހު އައްޑޫގެ ޔުނެސްކޯ ނޭޗަރ ޕާކާއި ހުޅުމީދޫގެ ނޭޗަރ ޕާކަށް އެކްސްކަރޝަންސް ވަނީ ހަމަޖެހިފައެވެ

ކޮރަލް ފެސްޓިވަލް 2023 ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާއި ކޮރަލް އިންސްޓިޓިއުޓް ގުޅިގެންނެވެ. ފެސްޓިވަލް ސްޕޮންސަރ ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ނެޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް, ވައިޓް އިންސްޓިޓިއުޓް, ނޫ ރާއްޖެ, ސޮނޭވާ, އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސް, އިކުއެޓަރ ވިލެޖް, ޕެބްލްސް އަދި މޯލްޑިވިއަން އެއަރލައިންސް ހިމެނެއެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ފުރަތަމަ ކޮރަލް ފެސްޓިވަލް ބޭއްވީ 2020 ވަނަ އަހަރު ކ. ތުލުސްދޫގަ އެވެ.