English Edition
Dhivehi Edition

ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީ ކައުންސިލާއި ހަވާލު ކޮށްފައިވާ 15 ހާސް ކާށި އަދި 10 ޓަނު ކަރާ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ބަހަން ނިންމައިފިއެވެ.

ކާށި ބެހުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ 27 އޭޕްރީލް 2023 ވަނަ ބުރާސްފަތި ދުވަހުއެވެ.

ކާއްޓާއި ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) 27 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ން 15:00 އަށް އަދި ރޭގަނޑު 21:30 ން 00:00 އަށެވެ.

މީގެ އިތުރުން 29 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށް، މެންދުރުފަހު 13:00 ން 17:00 އަށް، ރޭގަނޑު 20:30 ން 23:30 އަށެވެ.

އެހެންނަމަވެސް ހުކުރު ދުވަހު މިތަކެތި ނުބަހާނެއެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީ ކައުންސިލާއި މީގެ ކުރިން ހަވާލުކުރި 35 ހާސް ކާށި ވަނީ ބަހާފައެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކާއްޓާއި ކަރާ ބެހުމަށް ނިންމާފައިވާއިރު، މިތަކެތި ބަލާ އަންނައިރު، އައި.ޑީ ކާޑު ގެންނެވުމަށް ކައުންސިލުން އެދެއެވެ.