English Edition
Dhivehi Edition

އާސަހަރާ މިސްކިތް މަރާމާތު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 98 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި އެ މިސްކިތުގެ ދެ މަސައްކަތެއް ކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން އަންހެނުން ނަމާދު ކުރާ ސަރަހައްދު ބޮޑު ކުރުމަށާއި ސަރަހާއަށް ގޮސްތިބޭ މީހުން މަޑުކޮށްލާނެ “ވެއިޓިންގ އޭރިއާ” އެއް ގާއިމު ކުރުމަށް ވަނީ ނިންމާފައެވެ.

މިކަން ކުރުމަށް ކުރަންޖޭހޭ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.