English Edition
Dhivehi Edition

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ލެޕަރޮސްކޯޕިކް އަދި އެޑްވާންސް ވުންޑް ކެއަރގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

އަންނަ މެއި މަހު 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ލެޕަރޮސްކޯޕިކް އަދި އެޑްވާންސް ވުންޑް ކެއަރގެ ހިދުމަތް ފެށުމަށް މިހާރު ވަނީ އެކަމަށް ބޭނުންވާ މެޝިނަރީޒްތައްވެސް ހޯދާފައެވެ.

ތިނަދޫ ހޮސްޕިޓަލުން ބުނީ މި އޮޕެރޭޝަންތައް ކުރުމަށް އައިޖީއެމްއެޗްގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް ތިނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ގޮތުން އެ ހޮސްޕިޓަލުގައި ކުރާ ލެޕަރޮސްކޯޕިކްގެ ފުރަތަމަ އޮޕަރޭޝަނަށް އައިޖީއެމްއެޗްގެ ސާޖަރީ ޓީމު އަންނަ މެއި މަހު 2 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހާ ހަމައަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާނެކަމަށެވެ.

ލެޕްރޮސްކޯޕިކް ސާޖަރީއަކީ ބަނޑު ނުފަޅާ ކުޑަ ލޯވަޅުތަކެއް އަޅައިގެން ކުރާ އޮޕަރޭޝަނެކެވެ.