English Edition
Dhivehi Edition

ސައުދީ ކިންގްސް ކަޕް ސެމީފައިނަލުގެ ދެވަނަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަޞްރާއި އަލް ވެހްދާ މިރޭ ބައްދަލުކުރާނެއެވެ.

މިރޭ މި ދެޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ޔަގީން ވާއިރު، ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވަނީ އަލް ހިލާލް އެވެ.
އަލް ހިލާލް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ރޭ އަލް އިއްތިހާދާއި ބައްދަލުކޮށް 0-1 އިން މޮޅުވެގެންނެވެ.

އަލް ނަޞްރު އަދި އަލް ވެހްދާ މިރޭގެ ކުރިމަތިލުމަށް ނުކުންނައިރު، މިއީ 2015 ވަނަ އަހަރުހެ ފަހުން މި ދެ ޓީމު ކިންގްސް ކަޕްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އަދި އެއީ މި ދެ ޓީމު މި މުބާރާތުގެ ތާރީޚުގައިވެސް ވާދަކުރި ފުރަތަމަ ފަހަރެވެ. އެ މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އަލް ނަޞްރުންނެވެ.

އަލް ނަޞްރު އަދި އަލް އެހްދާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 11:00 ގައެވެ.