English Edition
Dhivehi Edition

ޕޯޗުގަލްގެ ޕޯޓޯއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ ޕޯޓޯގެ އެއްބަސްވުން އާ ކޮށްފި އެވެ.

ޕެޕޭ ޕޯޓޯ އާއި އެކު އެއްބަސްވުން އައުކުރީ އިތުރު އެއް އަހަރު ކުލަބުގައި މަޑުކުރާ ގޮތަށެވެ. މި އެއްބަސްވުމާއި އެކު ޕެޕޭ 2024 ވަނަ އަހަރުގެ ނިޔަލަށް ޕޯޓޯގައި މަޑުކުރާނެއެވެ.

އުމުރުން 40 އަހަރުގެ ޕެޕޭ މިހާރު ޕޯޓޯއާއި އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. ޕޯޓޯގެ ޑިފެންސްލައިނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޕެޕޭ ޕޯޓޯއާއި ގުޅުނީ 2018 ވަނަ އަހަރުގައެވެ.

އޭގެ ފަހުން އެ ކުލަބުގައި އޭނާ ހޭދަކުރި ފަސް ސީޒަނުގައި ޖުމުލަ 158 މެޗު ވަނީ ކުޅެދީފައެވެ. އަދި ހަ ގޯލު ޖަހައިދީފައިވެއެވެ.

ޕެޕޭ ވަނީ 2018 ވަނަ އަހަރު ޕޯޓޯއާއި ގުޅުނު ފަހުން ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އޭގެތެރޭގައި ޕޯޗުގަލް ލީގު ދެ ފަހަރު، ޕޯޗުގަލް ސުޕަ ކަޕް ދެ ފަހަރު އަދި ލީގު ކަޕް އެއް ފަހަރު ހޯދާފައިވެއެވެ.