English Edition
Dhivehi Edition

ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ‘ބިންލައިނަރ’ ވިއްކަން ނިންމައިފިއެވެ.

ވެމްކޯ އިން ބުނީ ކުނި އެޅުމަށް ޚާއްސަ ކޮތަޅު ވިއްކަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ. އަދި ވެމްކޯ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ފްރޮންޓް އޮފީސްތަކުން ގަންނަން ލިބޭނެ ކަމަށެވެ.

ތިން ސައިޒެއްގެ ކޮތަޅު ވިއްކާނެ ކަމަށާއި އެއީ 17″11 ގެ ކޮތަޅާއި 27″18 ގެ ކޮތަޅާއި 36″48 ސައިޒުގެ ކޮތަޅު ކަމަށް ވެމްކޯ އިން ބުންޏެވެ. އަދި ކޮތަޅު ވިއްކާނެ އަގުތައް މި ހަފުތާގައި އިއުލާނު ކުރާނެ ކަމަށް ވެސް ބުންޏެވެ.

“މީގެ ތެރެއިން ފެހި ކުލައިގެ ކޮތަޅުގައި ބަންދުކުރާނީ ނެތިފަނާވެދާ ކުނީގެ ބާވަތްތައް. އެހެނިހެން ކުނި ބަންދުކުރާނީ ކަޅު ކުލައިގެ ކޮތަޅުގަ.” ވެމްކޯ އިން ބުންޏެވެ.

ވެމްކޯގެ މުވައްޒަފުންތަކެއް މަސައްކަތުގައި – ފޮޓޯ: ވެމްކޯ

މި އޭޕްރިލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ފީ ގެ ގޮތުގައި 2 ރުފިޔާ ނަގާގޮތަށް ވަނީ ކަނޑައަޅާފައެވެ.

އެހެންނަމަވެސް ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ “ބިންލައިނަރ” އިން ފީ ނަގަން ނުޖެހޭގޮތަށް ޤާނޫނުގައި ކަނޑައަޅާފައި ވެއެވެ.

ޓެގު