English Edition
Dhivehi Edition
އާބަންކޯ ގެ އޮފީސްޢިމާރާތް

މުވައްޒަފުންނަށް ފްލެޓް ބެހިކަމަށް ބުނެ ދައުރުވަނީ ސައްހަ ނޫން ލިސްޓެއް ކަމަށް އާބަންކޯއިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން އާބަންކޯއިން ނެރުނު ބަޔާނެއްގައި ވަނީ ، ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް ޕްރޮޖެކްޓްތަކުން އާބަންކޯގެ މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލެވިފައިވާ ޔުނިޓްތަކަކީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްގީ ކުރަމުންދާ ހަތަރު މަޝްރޫއަކުން އެ ކޯޕަރޭޝަނަށް ދެވިފައިވާ ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމާ އެއްގޮތަށް ލިބިފައިވާ ޔުނިޓުތަކެއް ކަމަށެވެ.

“މުވައްޒަފުންނަށް ފްލެޓް ދޫކުރުމަށް މިމަހުގެ 20 ވަނަ ދުވަހު އާބަންކޯ އިން މެމޯއެއް ނެރެފައި ވަނީ އަމިއްލަ ފަރާތްތަކުން ތަރައްގީކުރަމުންދާ ހަތަރު މަޝްރޫއަކުން އެ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ފެލްޓް ދޫކުރުމަށް. ” އާބަންކޯ.

އާބަންކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ ފްލެޓްތަކަކީ އެ ކޯޕަރޭޝަނުން އެ މަޝްރޫއުތައް ހިންގަން ދޫކޮށްފައިވާ ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ ޔުނިޓްތަކެއް ކަމަށެވެ.

އަދި އެ ފްލެޓްތަކަކީ، މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ސްޓާފް ހައުސިންގ ސްކީމްގެ ދަށުން ވިއްކުމަށް ހުޅުވާލި ފްލެޓްތަކުގެ ތެރެއިން ބާކީވެ، ނުވިކި ހުރި 34 ފްލެޓްކަމަށާއި އަހަރެއްހާ ދުވަސް ފަހުން އެ ފްލެޓްތަކަށް އަނެއްކާ ވެސް ކުރިމަތިލުމަށް ހުޅުވާލީ، މުވައްޒަފުންނަށް އައު ފުރުޞަތެއް ދިނުމަށް ކަމަށް އާބަންކޯ އިން ބުނެއެވެ.

މިދިޔަ އަހަރު ހިންގުނު ސްޓާފް ހައުސިންގް ސްކީމަށް ހުޅުވާލިފަހުން އަހަރެއް ވުމާއެކު އެ ސްކީމުގެ ދަށުން ފުރުސަތު ނުލިބޭ މުވައްޒަފުން ތިބިކަން ފާހަގަވެ، މުވައްޒަފުންނަށް އާ ފުރުސަތެއް ދިނުމާއެކު އެ ކޯޕަރޭޝަނުން ހިންގަން ރާވާފައިވާ މަޝްރޫތަކަށާއި ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކުގެ އަގު ހަމަކުރުމަށް ބޭނުންވާތީ، އެ 34 ޔުނިޓް ވިއްކަން އަލުން ހުޅުވާލީ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެ 34 ޔުނިޓް ގަތުމަށް ޝަރުތުހަމަވާ 800 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށާއި ވަކި އުސޫލެއްގެ ދަށުން އެ ޔުނިޓްތައް ވިއްކުމަށް ކަނޑައަޅައި، ޕޯޓަލްއެއް މެދުވެރިކޮށް އެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވާކަމަށް އާބަންކޯއިން މައުލޫމާތު ދިނެވެ.

މިކަމާ ގުޅިގެން އާއްމުންނަށް އޮޅުން އަރާފަދަ ގޮތަކަށް ސޯޝަލް މީޑިޔާގައި ޚަބަރު ފެތުރެމުންދާތީ އެކަމާ ގުޅިގެން އާބަންކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ނެރުނު މެމޯއާއި ޔުނިޓްތަކުގެ އަގާއެކު، އެ ކޯޕަރޭޝަނުގެ އިސްވެރިންގެ ލިސްޓެއް ކަމަށް ބުނެ ކާކުކަން ނޭނގޭ އެކައުންޓަކުން އަމިއްލައަށް ތައްޔާރު ކޮށް ދައުރު ކުރަމުންދާ ލިސްޓުތަކަކީ ސައްހަ ނޫން ލިސްޓެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި އަޅަމުންދާ މިކްސްޑް ރެޒިޑެންޝަލް މަޝްރޫއުތަކުން 34 ފުލެޓެއް އާބަންކޯގެ ވެރީންނަށް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އެ މީހުންގެ ނަމާއި ފުލެޓުގެ އަގުތަކަށް ދާނދެން އެ ޕޯސްޓުގައި ހިމަނާފައިވެއެވެ. އާބަންކޯއިން ވަނީ އެއީ ސައްޙަ ލިސްޓެއް ނޫންކަމަށް ވެސް ބުނެފައެވެ.

 

ޓެގު