English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރު ކަމުގައި ތިއްބަވާ ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނަށް ނިސްބަތްވާ ހަތަރު މެމްބަރަކު އެމަޤާމުތަކުން ވަކިކުރަން އެމްޑީޕީ ޕީޖީ ގުރޫޕުން މިއަދު ނިންމައިފި އެވެ.

މުގައްރިރު ކަމުން ވަކިކުރަން ފާސްކޮށްފައި ވަނީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ އާއި އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބާއި އާންމު ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބާއި ސުލޫކީ ކޮމިޓީގެ މުގައްރިރު ޔާސިރު އަބްދުއްލަތީފެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުންނަވަނީ ޢާންމު ކޮމިޓީގެ މުޤައްރިރަކަށެވެ. އަދިކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއް ލަތީފް ހުންނަވަނީ ސުލޫކީ ކޮމެޓީގެ މުގައްރިރަކަށެވެ. މީގެއިތުރުން ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ. އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުންނަވަނީ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ މުގައްރިރަކަށެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ވަނީ މި މެމްބަރުންނަށް ފިޔަވަޅު އެޅުމަށްވެސް އެޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީއަށް ފޮނުވާފައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިމެންބަރުންނާމެދު ފިޔަވަޅު އަޅަން ނިންމެވީ ތަކުރާރުކޮށް ޕާޓީގެ އަސާސްތަކާ ޚިލާފަށް މަސައްކަތް ކުރައްވާތީ ކަމަށް ވިދާޅުވެއެވެ. ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ގެންދަނީ ސަރުކާރާ ދެކޮޅުވެ، ޖުމްހޫރީ ޕާޓީއާ އެކު ސިޔާސީ މަސައްކަތް ކުރަން ފަށާފައެވެ. މަޖިލީހުގައި ނަޝީދަށް ތާއީދު ކުރައްވާ 12 މެމްބަރުން ތިއްބަވައެވެ.