English Edition
Dhivehi Edition
ފޮޓޯ: އާބަންކޯ

ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ބައިބަލާ މުބާރާތުގެ މިއަހަރުގެ މުބާރާތް ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށް ގެންދާ މިއަހަރުގެ “އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު” ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ އޮފިޝަލް ޕާޓްނަރއަކަށް އާބަންކޯ ހަމަޖައްސާފައިވާއިރު، މި މުބާރާތުގައި މިއަހަރު 35 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މިއީ ބައިބަލާ މުބާރާތް ހުޅުމާލޭގައި ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

ބައިބަލާ މުބާރާތުގެ އޮފިޝަލް ޕާޓްނަރަކަށް އާބަންކޯ ހަމަޖައްސައި އެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާތިރު އަބްދުއްރަހުމާނެވެ. ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަލީ ސައީދެވެ.

މިދިޔަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގައި 34 ޓީމުން 1000 އަށް ވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

އާބަން ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަމުން އަންނަ އިރު، އެ ކުންފުނިން މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގައި ކުޅޭ މިފަދަ ހުރިހާ ކުޅިވަރަކަށް ވެސް ފުރުސަތު ލިބޭނެ ތަނަކަށް ހުޅުމާލެ ހެދުމަށެވެ.

ޓެގު