English Edition
Dhivehi Edition
އިސްލާމިކް މިނިސްޓްރީން ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުމާ ގުޅޭގޮތުން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައިކަމަށެވެ،

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުމަށް ހަމަޖެހިފައިވާއިރު ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި ބޭރު ގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މައުލޫމާތު ހިއްސާކުރާނީ ފޮރިން މިނިސްޓްރީންނެވެ.

ރާއްޖޭގެ ޚިޖްރީ ކަލަންޑަރުގައި ވާގޮތުން މިފަހަރުގެ ފިތުރު އީދު ދުވަހަށް ވަނީ ހުކުރު ދުވަހެވެ.