English Edition
Dhivehi Edition
ފޮޓޯ:އެމްޓީސީސީ

ހދ. ކުމުންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތާއި ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަރަކްޗާގެ ފަރާތުން މި އެއްބްސްވުމުގައި ސޮއިކުރެއްވީމިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ.

ހދ. ކުމުންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 45،760 ކިއުބިކް މީޓަރު ސަރަހައްދެއްގައި އައު ހާބާ ބޭސިން ފުންކުރުމާ، 300 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށިލުމާ، 40 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމާ 330 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމާ، މޫރިން ބޮއިސް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ

މީގެ އިތުރުން މިހާރު ހުރި އެއްގަމުތޮށީގެ 154 މީޓަރު ސަރަހައްދެއް މަރާމާތުކުރުމުގެ މަސައްކަތާ 11 މީޓަރު ފުޅާ 11 މީޓަރު ދިގު ރޭމްޕެއް ހެދުމާ، 120 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރިޓް ޖެޓީއެއް ހެދުމާ، ބަނދަރު ބައްތި ހަރުކުރުމާ، 537.62 މީޓަރުގެ ކާބް ހަރުކުރުމާ، 5252.30 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭމެންޓް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށް ފަހު ކަމަށެވެ. އެމްޓީސީސީ އާއި 570 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ ޖުމްލަ އަގަކީ 66.08 މިލިއަން ރުފިޔާއެވެ.