English Edition
Dhivehi Edition
އައިޖީއެމްއެޗް/ފޮޓޯ ޕީއެސްއެމް

ކޮމްޕްލެކްސް ޕީ.ސީ.އައި ވިތު އިމޭޖިންގ ވާރކްޝޮޕް މި މަހު ބާއްވަން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން ބުނީ އައި.ޖީ.އެމް.އެޗް ގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ބާއްވާ މިފަދަ ދެވަނަ މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޭޕްރިލް މަހުގެ 28. 29 އަދި 30 ގައި ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިފަހަރުގެ ބައްދަލުވުމުގައި ބޭރުގެ 4 ކާޑިއޮލޮޖިސްޓުން ކިޔަވައިދިނުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

އެއީ އިޓަލީގެ ޑރ. އިމާދު ޝައިބާންއާއި، ޖަރުމަނުގެ ޑރ. ޖެރަލްޑް ވާރނަރ އާއި އިންޑިއާގެ ޑރ. ޕަރަތާޕް ކުމާރު އާއި، ބަންގްލަދޭޝްގެ ޑރ. ޤުލާމް އަޒަމް ކަމަށާއި މި ބައްދަލުވުމުގައި އައި.ޖީ.އެމް.އެޗް ގެ 4 ކާޑިއޮލޮޖިސްޓުންވެސް ކިޔަވައިދިނުމުގައި ބައިވެރިވާނެ ކަމަށް ބުންޏެވެ.

މި ބައްދަލުވުމަށް މިފަހަރު 30 އަށްވުރެ ގިނަ ރާއްޖެއިންބޭރުގެ ކާޑިއޮލޮޖިސްޓުން ތަމްރީނު ހޯދުމަށްޓަކައި ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ ފަސޭހައިން ނުހުޅުވޭގޮތަށް ބެދިފައިހުންނަ ހިތުގެ ހޮޅިތައް އެކިވައްތަރުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮއްގެން އަދި ހިތުގެ ހޮޅީގެ އެތެރެއަށް ލައްވާ ސްކޭންކުރާ ކެމެރާތަކުގެ އެހީގައި ހުޅުވާނެގޮތްތައް ކިޔަވައިދިނުމެވެ.

މި ކިޔަވާދެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނަކީ މި ހުނަރާއި ތަޖުރިބާގައި ދުނިޔެއަށް މަޝްހޫރު ބޭފުޅުންނެވެ.