English Edition
Dhivehi Edition

ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ ކޮންސްޓްރަކްޝަން ސައިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ހަތަކާތްތެރިވާ ޗައިނާގެ ބީޔޫސީޖީ ގެ ސައިޓެއްގައި ބޭނުންކުރާ ވެހިކަލެއްގައެވެ.

އެހެންނަމަވެސް މިހާދިސާގެ ސަބަބުން އޮޕަރޭޝަނަށް އެއްވެސް ބުރުލެއް ނާރާކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދުގެ 10:50 އެހާއިރު ކަމަށާއި ރޯވީ ކޮންސްޓްރަކްޝަން ސައިޓްގައި ތާރުއެޅުމަށް ބޭނުން ކުރުމުން އަންނަ ވެހިކަލެއްގައި ކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ. އަދި އެއަރޕޯޓު ފަޔަރ އެންޑް ރެސްކިއުގެ ހާއްސަ ޓީމުގެ އެހީގައި މިހާރު އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.