English Edition
Dhivehi Edition
އިހްޔާ ފޯރަމްގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް، ޑރ. އަހުމަދު ޒާހިރު އަލީ އިނާމު ހަވާލުކޮށްދެއްވަނީ: ފޮޓޯ އިސްލާމިކް މިނިސްޓްރީ

1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ އިހްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތަކަށް ޚާއްސަކުރި އިހްޔާ ފޯރަމްތަކުގެ 1 ވަނަ އިނާމް ހއ. ހޯރަފުއްޓަށް ލިބިއްޖެއެވެ.

މިކަން އިއުލާންކުރީ ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި އަތޮޅު އިޙުޔާގެ އެންމެ ފަހު ފޯރަމްގައެވެ.

އިޙްޔާ ފޯރަމް ބޭއްވި ހުރިހާ އަތޮޅެއްގެ ގުރުއަތު ނެގުން މި ފޯރަމްގައި ކުރިއަށް ގެންދިޔައިރު, 2 ވަނައާއި 3 ވަނަ ލިބުނީ ފުވައްމުލައް ސިޓީއަށެވެ.

އަތޮޅު އިހްޔާ ފޯރަމްތަކުގެ 1ވަނަ, 2 ވަނަ، އަދި 3 ވަނައަަށް ހޮވުނު ފަރާތްތަކާއި ލިބުނު އިނާމު

  1. 1 ވަނަ – AIF HOA 282
  2. މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދޭ އުމްރާ ދަތުރު
  3. 2 ވަނަ- AIF FVM 363
  4. އުރީދޫން ސްޕޮންސަރ ކޮށްފައިވާ އައިފޯން 13
  5. 3 ވަނަ- AIF FVM 768
  6. ރެއިންބޯއިން ސްޕޮންސަރގެ ގޮތުގައި ދޭ ސޯފާސެޓް

ގުރުއަތުން ހޮވުނު ނަންބަރުތައް ދިމާވި ފަރާތްތަކުން ނަންބަރުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ ވައިބަރކުރައްވާނީ 7910208 މި ނަންބަރަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ [email protected] އަށް މެއިލް ކުރެވޭނެއެވެ. އަދި ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާ މީހެއްގެ ސިޓީއަކާއި އައިޑީކާޑުގެ ކޮޕީ، އަދި ނަންބަރުކޮޅު ގެނައުމުން، ވެރިފައިކުރުމަށްފަހު އިނާމް ހަވާލުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ފޯރަމްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް، ޑރ. އަހުމަދު ޒާހިރު އަލީ ވަނީ، މިފަދަ ފޯރަމްތަކެއް ކުރިއަށް ގެންދިޔުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވައި، ރަށްރަށުން ލިބުނު އެއްބާރުލުމަށްޓަކައި، ކައުންސިލްތަކާއި އެކިއެކި މުއައްސަސާތަކާއި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިނިސްޓްރީން މި ފޯރަމްތައް ކުރިއަށްގެންދިއުމުގައި އެހީތެރިވި ހުރިހާ ފަރާތަކަށްވެސް ޝުކުރުއަދާކުރެއްވިއެވެ.

މިއަހަރު ޖުމްލަ 7 ރަށެއްގައި އަތޮޅު އިހްޔާ ފޯރަމް ބާއްވާފައިވެއެވެ. އެއީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ހޯރަފުށި، ރ. ދުވާފަރު، ޅ. ނައިފަރު، އަދި ގދ. ތިނަދޫއެވެ.