English Edition
Dhivehi Edition
އައިޖީއެމްއެޗްގެ ޑޮކްޓަރުންތަކެއް - ފޮޓޯ: އައިޖީއެމްއެޗް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އީޕޯޓަލް އަލުން ބޭނުންކުރަން ފަށައިފިއެވެ.

ބަލި މީހުންނަށް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތް ދިނުމަށް ތަޢާރަފްކޮށްފައިވާ މި ޕޯޓަލް ބޭނުންކުރުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.

މި ޕޯޓަލުގައި އައިޑީ ކާޑު ނަންބަރު ޖެހުމަށްފަހު ލޮގިން ކުރެވޭއިރު، އެމީހެއްގެ މެޑިކަލް ރެކޯޑު ބަލާލެވުމާއި، ލެބް ރިޕޯޓުތައް ވެސް މި ޕޯޓަލުން ބަލައިލެވޭނެ އެވެ. އަދި ބޭސް ސިޓީވެސް ނެގޭނެ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ލުއިފަސޭހަ ކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެ ހޮސްޕިޓަލުން ވަނީ ދިގު މުއްދަތަށް ބޭނުންކުރަންޖެހޭ ބޭސްތައް ނަގަން ބޭސް ސިޓީ އައު ކުރަން ޚާއްސަ ފޮއްޓެއް ވެސް މިއަހަރުގެ ތެރޭގައި ބަހައްޓާފައެވެ.

އެ ހޮސްޕިޓަލްގެ އިންފޯމޭޝަން ކައުންޓަރުގައި ބަހައްޓާފައިވާ މި ފޮއްޓަށް ވައްޓާލާ، ބައު ބޭސް ސިޓީގެ ބަދަލުގައި ހައްދާ އައު ބޭސް ސިޓީ ޖެހިގެން އަންނަ ދުވަހު ލިބޭނެކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.