English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ގިނަ އަދަދެއްގެ ކަނބަލުން ގުޅިއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒްގައި އޮތް މިރަސްމިއްޔާތުގައި އެ ޕާޓީ އާ އަލަށް ގުޅުނު ކަނބަލުންގެ ފޯމުތަކާއި ހަވާލުވީ އެޕާޓީގެ ނައިބް ލީޑަރު އަދި ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ.

ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ވަމުންދާ ތައްޔާރީތަކުގައި އެންމެ އިސްދައުރެއް އަދާކުރަމުންދަނީ މިނިސްޓަރ ނަހުލާގެ އިރުޝާދުގެ ދަށުން އެޕާޓީގެ ކަނބަލުން ނެވެ.

އަލަށް ޖުމްހޫރީ ޕާޓީއާއި ގުޅުނު މެމްބަރުންނަށް އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އަންހެނުންގެ ލީގުންނާއި، މިނިސްޓަރ ނަހުލާ ކުރައްވާ މަސައްކަތަށް ޤާސިމް ވަނީ ޝުކުރު އަދާކޮށްފައެވެ.

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީ އިން ވާދަކުރުމަށް ނިންމާފައިވާއިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓު ލިބިފައިވަނީ އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށެވެ.