English Edition
Dhivehi Edition
PHOTO: MALDIVES POLICE SERVICE

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.

މި މަހުގެ 9 ވަނަ ދުވަހުޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ނައްތައިލާފައިވަނީ 164 ފުޅި ބަނގުރާ އަދި 56 ދަޅު ބިޔަރެވެ.

ފުލުހުން ބުނީ މިތަކެއްޗަކީ މި އަހަރުގެ ފެބްރުއަރީ 23 އިން އެޕްރީލް 1 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށެވެ.