ގއ. ވިލިނގިލީގައި މަހަށް ނުކުމެ އުޅުނު މީހަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ އުުމުރުން 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނެެކެވެ.
ފުލުހުން ބުނީ ގއ.ވިލިނގިލިން މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ހާލު ދެރަވެގެން ދާންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ރޭ 12:25 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ދާންދޫ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
އިތުރަށް ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށެވެ.