ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙްގެ ނަންފުޅުގައި އިންސަގްރާމުގައި ފޭކް އެކައުންޓެއް ހިންގަމުން އަންނާތީ އެކަމަށް ސަމާލުވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އެދިވަޑައިގެންފި އެވެ.
މިއުވާން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރައީސްގެ ނަންފުޅުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ އެކައުންޓަކީ ރައީސް އެންޑޯޒްކުރައްވާ ނުވަތަ ބޭނުންފުޅު ކުރައްވާ އެކައުންޓެއް ނޫން ކަމަށެވެ.
މިއުވާން ވިދާޅުވީ ރައީސް ޞާލިޙްގެ އިންސްޓަގްރާމް އެކައުންޓަކީ ‘ibusolih’ ކަމަށާއި ‘_ibusolih’ ގެ ނަމުގައި ހިންގަނީ ފޭކު އެކައުންޓެއް ކަމަށެވެ.
ރައީސްގެ ނަންފުޅުގައި ހިންގާ ފޭކު އިންސްޓަގްރާމް އެކައުންޓް މިހާތަނަށް 10 ހާހަށްވުރެ ގިނަ މީހުން ފްލޯކޮށްފައިވާއިރު، އެ އެކައުންޓުން ވަނީ 1572 މީހުން ފްލޯކޮށްފަ އެވެ. އަދި 90 އަށްވުރެ ގިނަ ޕޯސްޓްކޮށްފައި ވެއެވެ.
Attn: An Instagram account impersonating President @ibusolih has been identified. Please be advised that this account is not endorsed by the President in any way.
❌ Fake: https://t.co/qVJhogdFFv
✅ Real: https://t.co/Ep46nRFsud pic.twitter.com/U0GXH8jQPR— Miuvaan Mohamed (@MvSpokesperson) April 10, 2023