English Edition
Dhivehi Edition
ރ. މަޑުއްވަރީ

ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި އެރަށު ކައުންސިލް ގެ ސެކްރެޓަރީ ޖެނެރަލް، އަސްލަމް އަބްދުﷲ 40އ. ނިޔާވެއްޖެއެވެ.

މިޙާދިސާއާއި ގުޅިގެން ފުލުހުން ބުނީ މި ހާދިސާ ހިނގީ ޕިކަޕު ފަހަތަށް ޖައްސާލި ވަގުތު އެ މީހާ ގައިގައި ޖެހިގެންކަމަށެވެ. ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު އެވެ،

އަސްލަމް ނިޔާވެފައި ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.