English Edition
Dhivehi Edition
އިސްރާއީލްގެ އާންމުން ފަލަސްތީންގެ ނަޢަމްސޫފި މަރާލާފައި/ފޮޓޯ ޓައިމްސްއޮފް ގާޒާ

ފޭރިގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގަނެގެން އުޅޭ ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ އާއްމުން ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރަށް ގެއްލުންދީ އެމީހުންގެ ނަޢަފް ސޫފި މަރަން ފަށައިފިއެވެ.

ފަލަސްތީނުގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމުގައިވާ ޓައިމްސް އޮފް ޣައްޒާގައި ބުނެފައިވާގޮތުގައި އިސްރާއިލުގެ އާއްމުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ކާޑުގެ ބަސްތާތައް ފަޅާލައި ކާޑުގެ ބާވަތްތައް އުކާލައިފައެވެ. އަދި އެމީހުންގެ ކަންބަޅި ބަކަރިތައް މަރައި ދުއްވާ ތަކެއްޗައް ވެސް އެކިވަރުގެ ގެއްލުން ދީފައެވެ.

ހައްދު ފަހަނައަޅާފައިވާ އިސްރާއީލުގެ އާއްމު ރައްޔިތުން،ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ ފުރައްސާރައާއި އަނިޔާތައް އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅަކީ އިސްރާއީލް ސިފައިން ވެސް ފަލަސްތީނުގެ ނިކަމެތި އާއްމުންނަށް ލާއިންސާނީ އެތައް އަނިޔާތަކެއް ދެމުންދާ ދުވަސްވަރެކެވެ.

އިސްރާއީލު ސިފައިން ޝަހީދުކޮށްލި 20 އަހަރުގެ އައްޔަދު ސަލީމް

ފާއިތުވީ ހަފުތާއެއްހާ ދުވަހު އިސްރާއީލުން، ފަލަސްތީނުގެ ގައްޒާއަށް އަމާޒު ކޮށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 140 އަށް ވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި 39 ކުޑަކުދިން ހިމެނޭއިރު، ޒަހަމްވީ މީހުންގެ އަދަދު، އެތައް ސަތޭކައަކަށް އަރައެވެ.

އިސްރާއީލުގެ ޙަމަލާތަކުގައި ކޮންމެ ދުވަހަކު ފަލަސްތީންގެކުށެއްނެތް ކުޑަކުދިންދަނީ ބިރުވެރި އެތައް ކަމަކާ ކުރިމަތިލަމުން. / ފޮޓޯ ޓައިމްސް އޮފް ގާޒާ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނުގެ އެތައް ބަޔަކަށް ލާއިންސާނި އަނިޔާ ދީ ޒަހަމް ކޮށްލާފައިވާއިރު، އަލްއަޤްޞާ މިސްކިތްވެސް ބަލައި ފާސްކޮށް ފަލަސްތީނުގެ އެތައް ބަޔަކަށް ދަނީ އެކިވަރުގެ އަނިޔާތައް ދެމުންނެވެ.