English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓުގައި ބޭނުން ކުރުމަށް ގެނައި އޭޓީއާރް މަރުކާގެ 3 ވަނަ ފްލައިޓް، ޢާންމު އުދުހުމަށް ނެރެފިއެވެ.

އޭޓީއާރ 42-600 މަރުކާގެ މި ބޯޓު ގެ ފުރަތަމަ ފްލައިޓް ޖައްސާނީ ކައްދޫ އެއަރޕޯޓްގައެވެ. 26 ފަސިންޖަރުންނާއެކު މިބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 12 ޖަހާއިރެވެ.

މި މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ އޭޕްރިލް ދެވަނަ ދުވަހުއެވެ. މި އީ 46 ޕަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓާއެކު ޤައުމީ އެއަރލައިންގެ ފްލީޓް، 14 އަށް މިހާރު ވަނީ އިތުރުވެފައެވެ.

މޯލްޑިވިއަލްގެ އަމާޒަކީ ކުރިއަތް އޮތް އަހަރު ނިމުމުގެ ކުރިން މޯލްޑިވިއަންގެ ފްލީޓް އެއްކޮށް އާކުރުމެވެ.

އައު މަތިންދާބޯޓުތަކެއް ގެންނަން ނިންމީ މޯލްޑިވިއަން އިން މިހާރު ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތައް ބާވެ، އޭގެ މެއިންޓަނެންސްގެ ގިނަ މައްސަލަތަކެއް ދިމާވެ، ފްލައިޓުތަކުގެ ޝެޑިއުލްއަށް ވެސް ބުރޫއަރާތީ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. މި އާ ބޯޓުތަކާއެކު ޓެކްނިކަލް މައްސަލަ ޖެހިގެން ފްލައިޓް ޝެޑިއުލްތަކަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އެ އެއާލައިނުން ހާމަކުރެއެވެ.

މޯލްޑިވިއަނުން މީގެ ކުރިންވެސް ވަނީ އޭޓީއާރް 600-72 މަރުކާރުގެ ދެ ބޯޓު ރާއްޖެ ގެނެސްފައެވެ.

މޯލްޑިވިއަންގައި މިހާރު ބޭނުންކުރަމުން އަންނަނީ ޑޭޝް-8 މަރުކާގެ ބޯޓެވެ. އެ ކުންފުނީގެ އަމާޒަކީ ޑޭޝް-8 މަރުކާގެ ބޯޓު ފްލީޓު ބޭނުންކުރުން ހުއްޓާލައި އޭޓީއާރް މަތިންދާ ބޯޓު ފްލީޓެއް ގާއިމްކުރުމެވެ. އަޑުމަޑުވެފައި ތެލަށް ކުރާ ހޭދަ ކުޑަ ކަމަށް އަލަށް ގެނައި ބޯޓުތައް ފާހަގަ ކުރެވިފައިވެއެވެ.