English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 15 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ޓާމެރިންޑް ޖޫސް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތްކެތި: 8 ތަށްޓަށް

400ގ ހެލެނބެލި

4 ޖޯޑު ފެން (ކެއްކުމަށް)

4 ޖޯޑު ފިނިފެން

3/4 ޖޯޑުު ބްރައުންޝުގާ ނުވަތަ (މޭޕްލް ސިރަޕް، މާމުއި)

ތައްޔާރުކުރާނެގޮތް:

ހެލެނބެލީގެ ތޮށި ނަގާފައި ތަށްޓަކަށް ހެލެނބެލި އަޅާލާށެވެ. 4 ޖޯޑުފެން ތެއްޔަކަށް އަޅާފައި ކެކެންފެށީމަ ހެލެނބެލި އަޅާފައި މަޑުގިނީގައި ކައްކާށެވެ. ދެން މީގެތެރެއަށް ބްރައުންޝުގާ އަޅާފައި 5މިނެޓް ވަންދެން މަޑުގިނީގައި ކައްކާ ލާށެވެ. 30 މިނެޓް ވަންދެން ހިހޫ ކުރުމަށް ބަހައްޓާފައި ޕޮޓޭޓޯ މެޝާ އަކުން ރަނގަޅަށް ހެލެނބެލި ޗަސް ކޮށްފައި އޮށް ވަކި ކޮށްލާށެވެ. ދެން ފުރޭންޏަކުން ހެލެނބެލި ފުރާނާށެވެ. ފުރާނަމުން ދާއިރު ފިނި ފެންފޮދެއް އަޅަމުން ރަނގަޅަށް ޗަސްކުރާށެވެ.

ބިއްލޫރި ތަށިނަގާފައި ތައްޔާރު ކުރި ހެލެނބެލި ޖޫސް، ތަށްޓަށް އަޅާފައި މައްޗަށް އައިސް ކިއުބް އެޅުމަށް ފަހު ސާރވް ކުރާށެވެ.