English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

މާލޭގައި ރޭ މެންދަމު ދެ ސައިކަލެއް ޖެހި އެކްސިޑަންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ރޭ 1:03 ހާއިރު ނަލަހިޔާ ކައިރިން ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެކްސިޑަންޓުވި އެއް ސައިކަލަކީ ފުލުހުން ޕެޓްރޯލްކުރުމުގެ ތެރެއިން މާފަންނު ގަޑި ބުރު ސަރަހައްދުން މަޑުކުރަން ބުނުމުން ނުކޮށް، ފިލަން ދުއްވި ސައިކަލެކެވެ. އަދި ގަވާއިދާ ޚިލާފަށް ބާރަށް ދަނިކޮށް ނަލަހިޔާ ސަރަހައްދުން އެހެން ސައިކަލެއްގައި ޖެހުނީ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި އެ ސައިކަލުގައި ތިބި ދެމީހުން ވެސް އެ ވަގުތު ވަނީ ހައްޔަރުކޮށްފައެވެ. އަދި ދުއްވަން އިން މީހާގެ ލައިސަންސު ނެތް ކަމަށް ވެސް ފުލުހުން ބުނެއެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވީކަމެއް ހާމައެއް ނުކުރެއެވެ.