English Edition
Dhivehi Edition
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން 2021 ވަނަ އަހަރު މާލިއްޔަތު ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ގޮތުން އެ މިނިސްޓްރީން 2021 ވަނަ އަހަރު މާލީ އަހަރުގެ ހަރަދުތައް ކޮށްފައިވަނީ އެއަހަރަށް ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީއަށް ފާސްކޮށްދެއްވި ބަޖެޓުގެ މަގްސަދު ހާސިލްކުރުމަށް ކަމަށެވެ، އަދި އެ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށްކޮށްފައިވާކަމަށް އެ ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ނެރުނު ފޮރިން މިނިސްޓްރީގެ ހުރިހާ އޮޑިޓް ރިޕޯޓްތަކުގައިވެސް އެ މިނިސްޓްރީން ހަރަދުތައް ކުރަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދާއި އެއްގޮތަށްކަންވަނީ ފާހަގަކޮށްފައެވެ.